ޙަބަރު

  • All
  • ޙަބަރުތައް
މާވަށު ކައުންސިލާއި، އ.ތ.މ ކޮމެޓީ ގުޅިގެން ބޭއްވުނު ފަހާ ކޯސް ނިންމުމުގެ ރަސްމިއްޔާތު!

އޮކްޓޯބަރ 6, 2026

މާވަށު ކައުންސިލާއި، އތމ ކޮމެޓީ ގުޅިގެން ކަނބަލުން ބާރުވެރިކުރުވުމާއި، އާމްދަނީ ހޯދޭނެ މަގުތައްފަހިކޮށްދިނުމުގެ މަޤްޞަދުގައި 1 މަސް ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިޔަ ފަހާ ކޯސް ނިންމުމުގެ ރަސްމިއްޔާތުގެ ތެރެއިން.ޖުމްލަ 24 ބައިވެރިން މި ކޯސް ފުރިހަމަކޮށްފައިވޭ އަދި ދަސްވި ހުނަރުތަކުގެ ތެރޭގައި އާދައިގެ ފެހުމުގެ އިތުރުން، ފޮތިން މާ ހެދުން، ރިބަނުން މާ ހެދުން، އަދި ފޮތީގައި ކުލަޖެއްސުން (Fabric Painting) ފަދަ ބޭނުންތެރި ގިނަ ހުނަރުތަކެއް ބައިވެރިން ވަނީ ދަސްކޮށްފައި.މިފަދަ އިޖުތިމާޢީ އަދި ތަރައްޤީގެ ހަރަކާތްތައް ކުރިއަށް ގެންދިއުމުގައި މާވަށުގެ އެކި މުއައްސަސާތަކުން ދެއްވާ ބަދަހި އެއްބާރުލުމަށް ހިތުގެ އިޚްލާޞްތެރި ޝުކުރު ދަންނަވަމެވެ....

ބޮޑު ތަރުޙީބަކާއެކު މާވަށުގައި ފަހަން ދަސްކޮށްދޭ ކޯސް ފެށިގެން ކުރިއަށްދަނީ

ސެޕްޓެމްބަރ 27, 2026

ލ. މާވަށު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ (އ.ތ.މ) ކޮމެޓީއާއި “އައިފާސް ޑްރީމް” ގުޅިގެން ރަށުގެ ކަނބަލުންނަށް ޚާއްޞަކޮށްގެން ހިންގާ ފަހަން ދަސްކޮށްދޭ ކޯސް 23 ބައިވެރިންނާއެކު ފަށައިގެން ކުރިއަށް އެބަދެއެވެ. މި ކޯހަކީ ބޭސިކް ލެވެލްއިން ފެށިގެން އެޑްވާންސް ލެވެލް 1 އާ ހަމައަށް، ފެހުމުގެ ހުނަރުތައް ފުރިހަމައަށް ދަސްކޮށްދިނުމަށް އަމާޒުކޮށްގެން ހިންގާ ކޯހެކެވެ. ސެޕްޓެމްބަރު 7 އިން ފެށިގެން، އެއް މަސްދުވަހުގެ މުއްދަތަށް ކުރިއަށްދާ މި ކޯހުގައި ކިޔަވައިދެއްވަނީ 2003 ވަނަ އަހަރުން ފެށިގެން މިފަދަ ކޯސްތައް ހިންގުމުގެ ބޮޑު ތަޖުރިބާއެއް ހޯއްދަވާފައިވާ އަލްފާޟިލާ އާފިޔާ ޔޫސުފް އެވެ. މި ކޯހުގައި ކިޔަވައިދިނުމަށް ހަމަޖެހިފައިވާ...

ކައުންސިލާއި އ.ތމ ކޮމެޓީގެ ދަރުސް ޕްރޮގްރާމް

ޖުލައި 7, 2026

މާވަށު ކައުންސިލާއި މާވަށު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީން، ޖަމްޢިއްޔަތުއް ސަލަފާއި ގުޅިގެން އަދި ރަށުގެ އެންމެހައި މުއައްސަސާތަކާއި ބައެއް ޖަމްޢިއްޔާތަކުގެ އެހީތެރިކަމާއެކު، ފާއިތުވި ހަފްތާ ބަންދުގައި ބޭއްވުނު ދަރުސް ޕްރޮގްރާމް ވަނީ ކާމިޔާބުކަމާއެކު ނިންމާލެވިފައެވެ. މި ޕްރޮގްރާމްގައި ދަރުސް ދެއްވާފައިވަނީ އައްޝައިޚް ޢަބްދުއްސަލާމް ދާއޫދެވެ.

މާވަށުގައި މަގުބައްތި ޖެހުމުގެ ފުރަތަމަ ފިޔަވަހީގެ ޢަމަލީ މަސައްކަތްނިމި ދިއްލާލުން

ޖޫން 16, 2023

ހައްދުންމަތީ މާވަށު ކައުންސިލުން އިސްކަމެއްދީގެން ރަށުގެ ބޮޑެތި މަގުތަކުގައި ޖަހަމުން ދިޔަ މަގުބައްތިތައް ޖެހުމުގެ ޢަމަލީމަސައްކަތްނިމި، މަގުތައް މިރޭ ދިއްލާލެވޭނެއެވެ.

އިތުރު ލިޔުން

އިތުރު ލިޔުމެއް ނެތް