ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނާއި، ލޯކަލް ކައުންސިލްތަކުގެ އާންމު އިޖުރާއީ ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން، ކައުންސިލުން ފާއިތުވި މަހު ހިނގި ޚަރަދުތަކުގެ ތަފުޞީލު، ހިނގަމުންދާ މަސް ނިމުމުގެ ކުރިން ޢާންމުކުރަންވާނެއެވެ.
މިގޮތުން ޢާންމުކުރާ މަޢުލޫމާތުގައި ތިރީގައިވާ ކަންކަން ހިމަނަންވާނެއެވެ:
- މުވައްޒަފުންގެ މުސާރައާއި، އިތުރުގަޑީގެ ފައިސާއާއި، އެލަވަންސްތަކުގެ ޖުމުލަ ޚަރަދު.
- ކޮންމެ ދަތުރެއްގެ ތަފުޞީލު ވަކިން އެނގޭނޭހެން ދަތުރުފަތުރަށް ހިނގި ޚަރަދުތައް.
- އިދާރީ ހިންގުމަށާއި، ތަރައްޤީގެ މަޝްރޫޢުތަކަށާއި، އެކިއެކި ޚިދުމަތްތަކަށް ހިނގި އެހެނިހެން ޚަރަދުތައް ވަކިން.
އަދި ކައުންސިލްގެ ރައީސްގެ މަޝްވަރާއާއެކު، މި މަޢުލޫމާތުތައް އެކުލަވައިލައި، އިންތިޒާމުކޮށް ބެލެހެއްޓުމަކީ ސެކްރެޓަރީ ޖެނެރަލްގެ އިދާރީ މަސްއޫލިއްޔަތެކެވެ.
މިއީ 2025 ވަނަ އަހަރު ކައުންސިލުން އާންމުކޮށްފައިވާ އާމްދަނީއާއި ހަރަދުތަކުތގެ ތަފްޞީލް ރިޕޯޓު ތަކެވެ.

