މަހޯލި

ހައްދުންމަތީ މާވަށު ކައުންސިލްގެ މައުލޫމާތު ލިބިގަތުން

މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނުގެ ދަށުން އާއްމު ކުރާ މަޢުލޫމާތު

ދައުލަތުގެ އިދާރާއެއްގައިވާ މަޢުލޫމާތެއް ހޯދައި ލިބިގަތުމަކީ، މަޢުލޫމާތު ހޯދުމާއި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނު (ޤާނޫނު ނަމްބަރ: 1/2014) ގައި ބަޔާންކޮށްފައިވާ އުޞޫލުތަކާއި އެއްގޮތްވާ ގޮތުގެ މަތީން، އެކަމަށް އެދޭ ކޮންމެ މީހަކަށްމެ، ލިބިގެންވާ އަދި ތަންފީޒު ކުރެވޭނެ ޤާނޫނީ ޙައްޤެކެވެ. ޤާނޫނު ނަންބަރު 1/2014 މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނުގެ 37 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އަމިއްލަ އިސްނެގުމުގެ މަތިން ހާމަކުރަންޖެހޭ މަޢުލޫމާތު މިސަފްޙާގައި ހިމެނިފައިވާނެއެވެ.


މައުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނުގެ ދަށުން މައުލޫމާތު ހޯދުމަށް އެދޭ ފޯމް މި ކައުންސިލްގެ ވެބްސައިޓުން ޑައުންލޯޑް ކުރެއްވޭނެއެވެ. މީގެ އިތުރުން އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުގެ މައުލޫމާތު ހޯދަން އެދޭ ފޯމް މެދުވެރިކޮށްވެސް ހައްދުންމަތީ މާވަށު ކައުންސިލުން މައުލޫމާތު ހޯދުމަށް އެދި ހުށަހެޅުއްވޭނެއެވެ. އަދި މަހޯލި ޕޯޓަލް މެދުވެރިކޮށް އޮންލައިންކޮށްވެސް ހުށަހެޅުއްވޭނެއެވެ.
މަޢުލޫމާތު ހޯދާ ލިބިގަތުމަށް އެދޭ ފޯމް (މަޢުލޫމާތު ހޯދުމަށް އެދޭ ފޯމު ފުރުއްވުމަށްފަހު އީމެއިލް މެދުވެރިކޮށް ނުވަތަ އިދާރާގެ ކައުންޓަރަށް ހުށައެޅުން)
މަޢުލޫމާތު ހޯދުމާއި ލިބިގަތުމުގައި އުފެދޭ ސުވާލުތަކާއި ޖަވާބު

އީމެއިލް

ހައްދުންމަތީ މާވަށު ކައުންސިލުގެ މަސައްކަތާއި ބެހޭގޮތުން މަޢުލޫމާތު ސާފުކުރުމަށް ބޭނުންވާނަމަ، ބޭނުންވާ މަޢުލޫމާތުގެ ތަފްސީލު ބަޔާންކޮށް info@maavahcouncil.gov.mv އަށް މެއިލް ކުރުން

ސިޓީ

ހައްދުންމަތީ މާވަށު ކައުންސިލުގެ ރައީސް އަލްފާޟިލް އަހްމަދު މޫސާއަށް އެޑްރެސްކުރައްވާ، ބޭނުންވާ މަޢުލޫމާތު ހިމެނޭ ސިޓީއެއް ފޮނުވުން

ފޯން

ހައްދުންމަތީ މާވަށު ކައުންސިލުގެ މަސައްކަތާއި ބެހޭގޮތުން މަޢުލޫމާތު ސާފުކުރުމަށް ބޭނުންވާނަމަ 6800718 އާއި ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރުން

އޮންލައިން ފޯމް

މިއިދާރާގެ ރަސްމީ ވެބްސައިޓްގައިވާ މައުލޫމާތަށް އެދި ހުށަހަޅާ އޮންލައިން ފޯމް މެދުވެރިކޮށް މައުލޫމަތު ސާފުކުރުން

ޤާނޫނު ނަންބަރު 2014/01 މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނުގެ 36 ވަނަ މާއްދާގެ (ހ) ގެ ދަށުން، ހައްދުންމަތީ މާވަށު ކައުންސިލް އިދާރާގެ އިންފޮމޭޝަން އޮފިސަރުގެ ގޮތުގައި ކަނޑައަޅުއްވާފައިވާ ފަރާތުގެ މަޢުލޫމާތު ތިރީގައިމިވަނީއެވެ.


މުނިޔަތުއްނުފޫސް

އ. ކައުންސިލް އޮފިސަރ

ފޯން:6800829

މުރާޖައާ ކޮމިޓީއަކީ މަޢުލޫމާތު ހޯދުމާއި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނުގެ ދަށުން ޢައްޔަން ކޮށްފައިވާ، އެ އިދާރާއެއްގެ ނުވަތަ އެ މުވައްސަސާއެއްގެ އިންފޮމޭޝަން އޮފިސަރަކު، މަޢުލޫމާތު ދިނުމަށް އިންކާރު ކުރުން ނުވަތަ ދެއްވި މަޢުލޫމާތު ފުރިހަމަނުވުން ނުވަތަ މަޢުލޫމާތު ދިނުމަށް ކަނޑައަޅާފައިވާ މުއްދަތުގެ ތެރޭގައި މަޢުލޫމާތު ނުދިނުން ފަދަ ކަންކަން ދިމާވުމުން ޝަކުވާ ހުށަހަޅަން އޮންނަ ކޮމިޓީއެކެވެ.

 

މާވަށު ކައުންސިލްގެ މުރާޖަޢާ ކޮމެޓީ

 

މުޙައްމަދު އާސިމް

އ.ކައުންސިލް އެގްޒެކްޓިވް

މައުމޫނު އަޙްމަދު

ސީނިއަރ ކައުންސިލް އޮފިސަރ

ފާޠިމަތު ނިޝާ

ސީނިއަރ ކައުންސިލް އޮފިސަރ

ހައްދުންމަތީ މާވަށު ކައުންސިލްގެ އިދާރާއަށް ހާޑްކޮޕީގެ ގޮތުގައި ލިބޭ ލިޔުންތައް އެންޓްރީކޮށް ޖެމްސް މެދުވެރިކޮށް އަދި ފައިލްކޮށް ބަލަހައްޓަމުން ގެންދެއެވެ.
މިއިދާރާގެ މަސައްކަތްތަކުގެ ތެރެއިން އުފެދޭ އަދި އުފައްދާ މައުލޫމާތުތައް އެކަމާބެހޭ ސެކްޝަނެއްގައި ރިކޯޑްކޮށް ބަލަހައްޓަމުން ގެންދެއެވެ. މިފަދައިން ލިޔުންތައް ކަރުދާހުގައާއި އިލެކްޓްރޯނިކްކޮށް، ފައިލް ސަރވަރތަކުގައާއި ޖެމްސް، ގައި ބަލަހައްޓާ ރައްކާކުރެވިގެންދެއެވެ

  • ޝާޢިއުކުރާ ލިޔުންތައް
  • ގަވާއިދުތައް
  • އިދާރީ ހިންގުމަށް ބޭނުންކުރާ، ފާސްކުރާ އުޞޫލުތައް
  • ކައުންސިލުން ފާސްކުރާ ޤަރާރު
  • ވަޒީފާއަށް މީހުން ހޯދުމަށްކުރާ އިޢުލާންތައް
  • ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކަށް ޕޮއިންޓް ލިބުނުގޮތުގެ ޝީޓް(އޭޓޫ ޝީޓް)
  • މަޤާމުތަކުގެ މުސާރަ އަދި އެލަވަންސް
  • ބީލަންތަކުގެ މަޢުލޫމާތު ޝީޓު
  • ކައުންސިލުން ކުރާ އިޢުލާންތައް
  • ކައުންސިލްގެ އަހަރީ ރިޕޯޓް
  • ފުރަތަމަ 6 މަސްދުވަހުގެ ރިޕޯޓް
  • ކައުންސިލުގެ ޚަރަދުރިޕޯޓް
  • ޕްރޮކިއުމަންޓްތައް އެވޯޑްކޮށްފައިވާ ފަރާތްތަކުގެ މަޢުލޫމާތު
  • ކައުންސިލުން ފާސްކޮށްފައިވާ ބަޖެޓް
  •  ކައުންސިލްގެ އާމްދަނީއާއި ޚަރަދާއި، މިލްކިއްޔާތާއި މާލީ ޒިންމާތަކުގެ އަހަރީ ހިސާބު
  • މަސައްކަތު ތާވަލް
  • ކައުންސިލުން ހިންގާ ހަރަކާތްތަކުގެ މަޢުލޫމާތު
  • އިދާރީ އޮނިގަނޑު
  • ޝާޢިޢުނުކުރެވޭ ލިޔުންތައް
  • ބީލަމަށް ކުރިމަތިލާ ފަރާތްތަކުގެ ޒާތީ މަޢުލޫމާތު
  • ޚަރަދުތަކާއި ގުޅޭ ލިޔެކިޔުންތައް
  • އެސް.އެމް.ޓީ ބައްދަލުވުންތަކުގެ ޔައުމިއްޔާ އަދި އޮފީހުގެ ޔައުމިއްޔާ
  •  އިންޓާނަލް އޮޑިޓް ރިޕޯޓްސް
  • ދާއިމީ އަދި ވަގުތީ މުވައްޒަފުންގެ ރަޖިސްޓްރީ
  • މަޢުލޫމާތު ހޯދާ ލިބިގަތުމުގެ ހައްޤުގެ ޤާނޫނުގެ ދަށުން މި ކައުންސިލަށް ހުށަހެޅޭ ޝަކުވާތަކާއި ގުޅޭ ލިޔުންތައް
  • ކައުންސިލަށް ލިބޭ ޝަކުވާތަކާއި ޚިޔާލުތައް
  • ކައުންސިލަށް ބަލައިގަންނަ އެންމެހާ ފޯމުތައް
  • އިންތިޚާބުވާ ކައުންސިލަރުންގެ މާލީ ހިސާބުތައް
  • ހަރުމުދަލުގެ ރަޖިސްޓްރީ
  • ބިމުގެ ދަފްތަރު
  • ބިދޭސީންގެ ދަފްތަރު
  • އެއްގަމު ވެހިކަލް ދަފްތަރު
  • ހާއްސަ އެހީއާއި ރައްކާތެރިކަމަށް ބޭނުންވާ ފަރާތްތަކުގެ ހާލުބެލުން ދަފްތަރު
  • ހާއްސަ އެހީތެރިކަމާއި ހާއްސަރައްކާތެރިކަން ބޭނުންވާ ފަރާތްތަކުގެ ހާލުބެލިގޮތުގެ ރިޕޯޓް

 

އަޙްމަދު މޫސާ

ކައުންސިލްގެ ރައީސް

  • ލާމަރުކަޒީ ގާނޫނޫ 7/2010 ގެ ދަށުން ރަށުކައުންސިލްގެ މަސްއޫލިއްޔަތު ތަކާއި ޒިންމާތައް އަދާކުރުމާއި ކައުންސިލްގެ މަސައްކަތްތައް ބައްޓަންކުރުން

އިބްރާހީމް ނަސީބް

ނ.ރައީސް

  • މިސްކިތްތަކާއި ދީނީ ހަރަކާތްތައް
  • މައިދާންތަކާއި ޕާކް
  • ކާރިސާތަކާއި ކުއްލި ހާލަތު
  • ކަރަންޓާއި ފެނާއި ނަރުދަމާ
  • ތައުލީމް
  • ކުލަބު ޖަމިއްޔާތައް
  • ކުޅިވަރު
  • ސަރުކާރުން ހިންގާ މަޞްރޫއުތައް އަދި ކައުންސިލްގެ ޕްރޮޖެކްޓުތައް ވިލަރެސްކުރުން

އަޙްމަދު އަޒްމީލް

ކައުންސިލް މެންބަރު

  • ޝަރުޢީ އަދި ގާނޫނީ ކަންކަން
  • މަސްވެރިކަމާއި ދަނޑުވެރިކަން
  • ބަނދަރު
  • ކުނި މެނޭޖުކުރުން
  • މަގުތަކާއި މަގުބައްތިތައް
  • ދަތުރުފަތުރު
  • ސަރުކާރުން ހިންގާ މަޞްރޫއުތައް އަދި ކައުންސިލްގެ ޕްރޮޖެކްޓުތައް ވިލަރެސްކުރުން

ފާޠިމަތު ޝެހެނާޒް

ކައުންސިލް މެންބަރު

  • އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީ
  • ތަފާތު މުނާސަބަތުތަކާއި ޢީދު ދުވަސްތައް
  • އިޖްތިމާއީ ސަރަހައްދުތައް
  • ތިމާވެށި
  • ވިޔަފާރި
  • ސަރުކާރުން ހިންގާ މަޞްރޫއުތައް އަދި ކައުންސިލްގެ ޕްރޮޖެކްޓުތައް ވިލަރެސްކުރު

ނާސިހާ އަޙްމަދު

ކައުންސިލް މެންބަރު

  • ހާއްސަ އެހީތެރިކަމަށް ބޭނުންވާ ފަރާތްތައް
  • އިސްރަށްވެހީން
  • ގަބުރުސްތާނާއި ކަށުކަމާކެމި
  • ދަފުތަރުތަކާއި ތަފާސްހިސާބު
  • ޕަބްލިކް ހެލްތު
  • ސަރުކާރުން ހިންގާ މަޞްރޫއުތައް އަދި ކައުންސިލްގެ ޕްރޮޖެކްޓުތައް ވިލަރެސްކުރު

މި ޕޭޖު އަޕްޑޭޓް ކުރުމުގެ  މަސައްކަތް ދަނީ ކުރެވެމުންނެވެ!