ޙަބަރުތައް

މާވަށު ކައުންސިލާއި، އ.ތ.މ ކޮމެޓީ ގުޅިގެން ބޭއްވުނު ފަހާ ކޯސް ނިންމުމުގެ ރަސްމިއްޔާތު!

މާވަށު ކައުންސިލާއި، އތމ ކޮމެޓީ ގުޅިގެން ކަނބަލުން ބާރުވެރިކުރުވުމާއި، އާމްދަނީ ހޯދޭނެ މަގުތައްފަހިކޮށްދިނުމުގެ މަޤްޞަދުގައި 1 މަސް ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިޔަ ފަހާ ކޯސް ނިންމުމުގެ ރަސްމިއްޔާތުގެ ތެރެއިން.ޖުމްލަ 24 ބައިވެރިން މި ކޯސް ފުރިހަމަކޮށްފައިވޭ އަދި ދަސްވި ހުނަރުތަކުގެ ތެރޭގައި އާދައިގެ ފެހުމުގެ އިތުރުން، ފޮތިން މާ ހެދުން، ރިބަނުން މާ ހެދުން، އަދި ފޮތީގައި ކުލަޖެއްސުން (Fabric Painting) ފަދަ ބޭނުންތެރި ގިނަ ހުނަރުތަކެއް ބައިވެރިން ވަނީ ދަސްކޮށްފައި.މިފަދަ އިޖުތިމާޢީ އަދި ތަރައްޤީގެ ހަރަކާތްތައް ކުރިއަށް ގެންދިއުމުގައި މާވަށުގެ އެކި މުއައްސަސާތަކުން ދެއްވާ ބަދަހި އެއްބާރުލުމަށް ހިތުގެ އިޚްލާޞްތެރި ޝުކުރު ދަންނަވަމެވެ. ވަކިން ޚާއްޞަކޮށް، މި ކޯސް ކާމިޔާބުކަމާއެކު ކުރިއަށް ގެންދިއުމަށް މާވަށު ސުކޫލުން ދެއްވި އެއްބާރުލުން ފާހަގަކޮށް، އެ ސުކޫލުގެމެނޭޖްމަންޓަށާއި މުވައްޒަފުންނަށް ޚާއްޞަ ޝުކުރެއް ރައްދުކުރަމެވެ

ތަފުޞީލް

ބޮޑު ތަރުޙީބަކާއެކު މާވަށުގައި ފަހަން ދަސްކޮށްދޭ ކޯސް ފެށިގެން ކުރިއަށްދަނީ

ލ. މާވަށު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ (އ.ތ.މ) ކޮމެޓީއާއި “އައިފާސް ޑްރީމް” ގުޅިގެން ރަށުގެ ކަނބަލުންނަށް ޚާއްޞަކޮށްގެން ހިންގާ ފަހަން ދަސްކޮށްދޭ ކޯސް 23 ބައިވެރިންނާއެކު ފަށައިގެން ކުރިއަށް އެބަދެއެވެ. މި ކޯހަކީ ބޭސިކް ލެވެލްއިން ފެށިގެން އެޑްވާންސް ލެވެލް 1 އާ ހަމައަށް، ފެހުމުގެ ހުނަރުތައް ފުރިހަމައަށް ދަސްކޮށްދިނުމަށް އަމާޒުކޮށްގެން ހިންގާ ކޯހެކެވެ. ސެޕްޓެމްބަރު 7 އިން ފެށިގެން، އެއް މަސްދުވަހުގެ މުއްދަތަށް ކުރިއަށްދާ މި ކޯހުގައި ކިޔަވައިދެއްވަނީ 2003 ވަނަ އަހަރުން ފެށިގެން މިފަދަ ކޯސްތައް ހިންގުމުގެ ބޮޑު ތަޖުރިބާއެއް ހޯއްދަވާފައިވާ އަލްފާޟިލާ އާފިޔާ ޔޫސުފް އެވެ. މި ކޯހުގައި ކިޔަވައިދިނުމަށް ހަމަޖެހިފައިވާ މައިގަނޑު ބައިތަކުގެ ތެރޭގައި ކުޑަކުދިންގެ ތަފާތު އުމުރުފުރާތަކުގެ ހެދުންތައް ފަހާނެ ގޮތް ދަސްކޮށްދިނުން ހިމެނެއެވެ. އެގޮތުން ބައި އަހަރާއި 3 އަހަރާ ދެމެދު، 3 އަހަރާއި 10 އަހަރާ ދެމެދުގެ ހަވީރީ ހެދުން، އަދި 12 އަހަރާއި 15 އަހަރާ ދެމެދުގެ ކުދިންގެ ހެދުން ފަހާނެ ގޮތް ކިޔައިދޭނެއެވެ. މީގެއިތުރުން ބޮޑެތިމީހުންގެ އަބާޔާ، ޕާޓީ ގޮތަށް ޑިޒައިންކޮށްފައިވާ ހަވީރީ ހެދުން، ދިގުހެދުން، ލިބާސް އަދި ސަގާފީ ކުރުހެދުންބުރިއާއި މާވަށު ސްކޫލް ޔުނިފޯމް ފަހާނެ ގޮތްވެސް ދަސްކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ. އޭގެ އިތުރުން، ބޮކްސް ރޫ (Box pleat) ހިމެނޭހެން ތަފާތު ރީތި ސްކާޓްތަކާއި، ފިރިހެން ގަމީހާއި ކުރްތާ އަދި ފަޓުލޫނު ގޮތަށް ފަހާ ސޯޓު ފަހާނެ ގޮތްވެސް މި ކޯހުގެ ތެރެއިން ދަސްވެގެންދާނެއެވެ. ހަމައެއާއެކު ކައިވެނީގެ ހެދުންތަކުގެ ތަފާތު ފަރުމާ (Pattern) ތައް ކިޔައިދިނުމުގެ އިތުރުން، ޚާއްޞަ ހުނަރުތަކުގެ ތެރޭގައި ހިމެނޭ ޓައި ޑައި (Tie-Dye) ނުވަތަ ފޮތީގައި ކުލަޖެއްސުމާއި، ފޮތްޗާއި ރިބަން ބޭނުންކޮށްގެން މާ ހަދަން ދަސްކޮށްދިނުންވެސް މި ކޯހުގައި ހިމެނެއެވެ. މި ކޯހުގައި ބައިވެރިވި ކަނބަލުންނަށް ލުއިފަސޭހަތަކެއް އ.ތ.މ ކޮމެޓީން ވަނީ ހަމަޖައްސައިދީފައެވެ. އެގޮތުން މާވަށު އ.ތ.މ ކޮމެޓީގެ ފަރާތުން ކޮންމެ ބައިވެރިޔަކަށް 500 (ފައްސަތޭކަ) ރުފިޔާ ޚަރަދުކޮށްދިނުމަށް ހަމަޖެހިފައިވާއިރު، ފަހާފޮށި ފިޔަވައި ކޯހަށް ބޭނުންވާ ހުރިހާ ތަކެއްޗެއް ކޯސް ހިންގާ ފަރާތުން ހިލޭ ފޯރުކޮށްދޭނެއެވެ. މަދުވެގެން 15 ބައިވެރިންނާއެކު ހިންގުމަށް ނިންމި މި ކޯހަށް މާވަށު ކަނބަލުންގެ ފަރާތުން ބޮޑު ތަރުޙީބެއް ލިބި، 23 ބައިވެރިންނާއެކު ކޯހުގެ މަސައްކަތްތައް މިހާރު ދަނީ ބާރަށް ކުރިއަށެވެ.

ތަފުޞީލް

ކައުންސިލާއި އ.ތމ ކޮމެޓީގެ ދަރުސް ޕްރޮގްރާމް

މާވަށު ކައުންސިލާއި މާވަށު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީން، ޖަމްޢިއްޔަތުއް ސަލަފާއި ގުޅިގެން އަދި ރަށުގެ އެންމެހައި މުއައްސަސާތަކާއި ބައެއް ޖަމްޢިއްޔާތަކުގެ އެހީތެރިކަމާއެކު، ފާއިތުވި ހަފްތާ ބަންދުގައި ބޭއްވުނު ދަރުސް ޕްރޮގްރާމް ވަނީ ކާމިޔާބުކަމާއެކު ނިންމާލެވިފައެވެ. މި ޕްރޮގްރާމްގައި ދަރުސް ދެއްވާފައިވަނީ އައްޝައިޚް ޢަބްދުއްސަލާމް ދާއޫދެވެ.

ތަފުޞީލް

މާވަށުގައި މަގުބައްތި ޖެހުމުގެ ފުރަތަމަ ފިޔަވަހީގެ ޢަމަލީ މަސައްކަތްނިމި ދިއްލާލުން

ހައްދުންމަތީ މާވަށު ކައުންސިލުން އިސްކަމެއްދީގެން ރަށުގެ ބޮޑެތި މަގުތަކުގައި ޖަހަމުން ދިޔަ މަގުބައްތިތައް ޖެހުމުގެ ޢަމަލީމަސައްކަތްނިމި، މަގުތައް މިރޭ ދިއްލާލެވޭނެއެވެ.

ތަފުޞީލް

މާވަށުކައުންސިލްގެ ސްޓާފް ޔުނީފޯމް، އިފްތިޠާހް ކުރުން

މި ފެށުނު އާއަހަރުގެ ފުރަތަމަ ހާއްސަކަމެއްގެ ގޮތުގައި، ލ.މާވަށު ކައުންސިލްގެ ލޯގޯ، ލެޓާރހެޑް، ސްޓާފްކާޑު، ސްޓާފް ޔުނީފޯމް، ތަޢާރަފުކޮށް މުވައްޒަފުންނާ ވަނީ ހަވާލުކޮށްފިއެވެ. މާވަށު ކައުންސިލްއިދާރާގެ މީޓިން ހޯލްގައި ބޭއްވި ޖަލްސާގައި ކައުންސިލްގެ ލޯގޯ، ލެޓާރހެޑް، ސްޓާފްކާޑު، ސްޓާފް ޔުނީފޯމް، އިފްޠިތާހް ކޮށްދެއްވީ ޝަރަފްވެރި މެހެމާން ލ.އަތޮޅު ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލް އަލްފާޟިލް ޔޫސުފު އާމިރެވެ.

ތަފުޞީލް

އެންދެރި ސްމޯލްގްރާންޓު ޕްރޮޖެކުޓްގެ ބޭފުޅުންނާއެކު ބައްދަލުކުރުން

އެންދެރި ސްމޯލްގްރާންޓް ޕްރޮޖެކްޓް” އާއި ގުޅިގެން މާވާށުގައި ކުރިޔަށްދާ ކިލާގަނޑު ތަރައްގީ ކުރުމުގެ މަސައްކަތް ހިނގާ ނުހިނގާގޮތް ބަލައި މޮނިޓަރ ކުރުމަށް އެންދެރި

ތަފުޞީލް

ކައުންސިލް މުވައްޒަފުންނާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާކޮމެޓީން ތަޖުރިބާ ދަތުރު- އދ.ދިގުރަށް

ލ.މާވަށު ކައުންސިލް މުވައްޒަފުންނާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާކޮމެޓީން މިމަހު 23 އިން 24 އަށް އަރިއަތޮޅު ދެކުނުބުރީ މަހިބަދޫ، ދަނގެތި އަދި ދިގުރަށަށް ކުރި ތަޖުރިބާ ދަތުރުގެ

ތަފުޞީލް