މާވަށު ކައުންސިލާއި މާވަށު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީން، ޖަމްޢިއްޔަތުއް ސަލަފާއި ގުޅިގެން އަދި ރަށުގެ އެންމެހައި މުއައްސަސާތަކާއި ބައެއް ޖަމްޢިއްޔާތަކުގެ އެހީތެރިކަމާއެކު، ފާއިތުވި ހަފްތާ ބަންދުގައި ބޭއްވުނު ދަރުސް ޕްރޮގްރާމް ވަނީ ކާމިޔާބުކަމާއެކު ނިންމާލެވިފައެވެ. މި ޕްރޮގްރާމްގައި ދަރުސް ދެއްވާފައިވަނީ އައްޝައިޚް ޢަބްދުއްސަލާމް ދާއޫދެވެ.
މި ފަހަރުގެ ދަރުސް ޕްރޮގްރާމް އަމާޒުކުރެވިފައިވަނީ ޖުމްލަ ހަތަރު މައުޟޫޢެއްގެ މައްޗަށެވެ. އެއީ:
1. “ފަނާވަނިވި ދުނިޔެ” ގެ ނަމުގައި ބޭއްވުނު ބޮޑު ދަރުސް
2. ކުޑަކުދިންނަށް އަމާޒުކޮށްގެން ބޭއްވުނު “މުސްލިމް ޒުވާނާ” ދަރުސް
3. މުވައްޒަފުންނަށް ޚާއްޞަކޮށްގެން ބޭއްވުނު “އެއީ އަމާނާތެކެވެ” ދަރުސް
4. ބެލެނިވެރިންނަށް ޚާއްޞަކޮށްގެން ބޭއްވުނު “ދަރިންގެ ނިޢުމަތް” ދަރުސް
މި ދަރުސްތަކެވެ.
މީގެއިތުރުން ނަމާދު ވަގުތުގެ ފަހުގައި އެކި މައުލޫތަކަށް މިސްކިތު ދަރުސްތަކެއް
1. “ފަނާވަނިވި ދުނިޔެ” ގެ ނަމުގައި ބޭއްވުނު ބޮޑު ދަރުސް
ފަނާވަނިވި ދުނިޔެ” ނަމުގެ ބޭއްވުނުބޮޑު ދަރުސް ބޭއްވުނީ ހުކުރު ދުވަހުގެ ރޭ 20:30 ގައި މާވަށުގެ ޒުވާނުންގެ މަރުކަޒުގެ ހޯލްގައެވެ.”

