މާވަށު ކައުންސިލާއި، އތމ ކޮމެޓީ ގުޅިގެން ކަނބަލުން ބާރުވެރިކުރުވުމާއި، އާމްދަނީ ހޯދޭނެ މަގުތައް
ފަހިކޮށްދިނުމުގެ މަޤްޞަދުގައި 1 މަސް ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިޔަ ފަހާ ކޯސް ނިންމުމުގެ ރަސްމިއްޔާތުގެ ތެރެއިން.
ޖުމްލަ 24 ބައިވެރިން މި ކޯސް ފުރިހަމަކޮށްފައިވޭ އަދި ދަސްވި ހުނަރުތަކުގެ ތެރޭގައި އާދައިގެ ފެހުމުގެ އިތުރުން، ފޮތިން މާ ހެދުން، ރިބަނުން މާ ހެދުން، އަދި ފޮތީގައި ކުލަޖެއްސުން (Fabric Painting) ފަދަ ބޭނުންތެރި ގިނަ ހުނަރުތަކެއް ބައިވެރިން ވަނީ ދަސްކޮށްފައި.
މިފަދަ އިޖުތިމާޢީ އަދި ތަރައްޤީގެ ހަރަކާތްތައް ކުރިއަށް ގެންދިއުމުގައި މާވަށުގެ އެކި މުއައްސަސާތަކުން ދެއްވާ ބަދަހި އެއްބާރުލުމަށް ހިތުގެ އިޚްލާޞްތެރި ޝުކުރު ދަންނަވަމެވެ. ވަކިން ޚާއްޞަކޮށް، މި ކޯސް ކާމިޔާބުކަމާއެކު ކުރިއަށް ގެންދިއުމަށް މާވަށު ސުކޫލުން ދެއްވި އެއްބާރުލުން ފާހަގަކޮށް، އެ ސުކޫލުގެމެނޭޖްމަންޓަށާއި މުވައްޒަފުންނަށް ޚާއްޞަ ޝުކުރެއް ރައްދުކުރަމެވެ