މާވަށު ކައުންސިލާއި، އ.ތ.މ ކޮމެޓީ ގުޅިގެން ބޭއްވުނު ފަހާ ކޯސް ނިންމުމުގެ ރަސްމިއްޔާތު!
މާވަށު ކައުންސިލާއި، އތމ ކޮމެޓީ ގުޅިގެން ކަނބަލުން ބާރުވެރިކުރުވުމާއި، އާމްދަނީ ހޯދޭނެ މަގުތައްފަހިކޮށްދިނުމުގެ މަޤްޞަދުގައި 1 މަސް ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިޔަ ފަހާ ކޯސް ނިންމުމުގެ ރަސްމިއްޔާތުގެ ތެރެއިން.ޖުމްލަ 24 ބައިވެރިން މި ކޯސް ފުރިހަމަކޮށްފައިވޭ އަދި ދަސްވި ހުނަރުތަކުގެ ތެރޭގައި އާދައިގެ ފެހުމުގެ އިތުރުން، ފޮތިން މާ ހެދުން، ރިބަނުން މާ ހެދުން، އަދި ފޮތީގައި ކުލަޖެއްސުން (Fabric Painting) ފަދަ ބޭނުންތެރި ގިނަ ހުނަރުތަކެއް ބައިވެރިން ވަނީ ދަސްކޮށްފައި.މިފަދަ އިޖުތިމާޢީ އަދި ތަރައްޤީގެ ހަރަކާތްތައް ކުރިއަށް ގެންދިއުމުގައި މާވަށުގެ އެކި މުއައްސަސާތަކުން ދެއްވާ ބަދަހި އެއްބާރުލުމަށް ހިތުގެ އިޚްލާޞްތެރި ޝުކުރު ދަންނަވަމެވެ. ވަކިން ޚާއްޞަކޮށް، މި ކޯސް ކާމިޔާބުކަމާއެކު ކުރިއަށް ގެންދިއުމަށް މާވަށު ސުކޫލުން ދެއްވި އެއްބާރުލުން ފާހަގަކޮށް، އެ ސުކޫލުގެމެނޭޖްމަންޓަށާއި މުވައްޒަފުންނަށް ޚާއްޞަ ޝުކުރެއް ރައްދުކުރަމެވެ
2026 ވަނަ އަހަރުގެ 13 ވަނަ ޖަލްސާ
ބޮޑު ތަރުޙީބަކާއެކު މާވަށުގައި ފަހަން ދަސްކޮށްދޭ ކޯސް ފެށިގެން ކުރިއަށްދަނީ
ލ. މާވަށު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ (އ.ތ.މ) ކޮމެޓީއާއި “އައިފާސް ޑްރީމް” ގުޅިގެން ރަށުގެ ކަނބަލުންނަށް ޚާއްޞަކޮށްގެން ހިންގާ ފަހަން ދަސްކޮށްދޭ ކޯސް 23 ބައިވެރިންނާއެކު ފަށައިގެން ކުރިއަށް އެބަދެއެވެ. މި ކޯހަކީ ބޭސިކް ލެވެލްއިން ފެށިގެން އެޑްވާންސް ލެވެލް 1 އާ ހަމައަށް، ފެހުމުގެ ހުނަރުތައް ފުރިހަމައަށް ދަސްކޮށްދިނުމަށް އަމާޒުކޮށްގެން ހިންގާ ކޯހެކެވެ. ސެޕްޓެމްބަރު 7 އިން ފެށިގެން، އެއް މަސްދުވަހުގެ މުއްދަތަށް ކުރިއަށްދާ މި ކޯހުގައި ކިޔަވައިދެއްވަނީ 2003 ވަނަ އަހަރުން ފެށިގެން މިފަދަ ކޯސްތައް ހިންގުމުގެ ބޮޑު ތަޖުރިބާއެއް ހޯއްދަވާފައިވާ އަލްފާޟިލާ އާފިޔާ ޔޫސުފް އެވެ. މި ކޯހުގައި ކިޔަވައިދިނުމަށް ހަމަޖެހިފައިވާ މައިގަނޑު ބައިތަކުގެ ތެރޭގައި ކުޑަކުދިންގެ ތަފާތު އުމުރުފުރާތަކުގެ ހެދުންތައް ފަހާނެ ގޮތް ދަސްކޮށްދިނުން ހިމެނެއެވެ. އެގޮތުން ބައި އަހަރާއި 3 އަހަރާ ދެމެދު، 3 އަހަރާއި 10 އަހަރާ ދެމެދުގެ ހަވީރީ ހެދުން، އަދި 12 އަހަރާއި 15 އަހަރާ ދެމެދުގެ ކުދިންގެ ހެދުން ފަހާނެ ގޮތް ކިޔައިދޭނެއެވެ. މީގެއިތުރުން ބޮޑެތިމީހުންގެ އަބާޔާ، ޕާޓީ ގޮތަށް ޑިޒައިންކޮށްފައިވާ ހަވީރީ ހެދުން، ދިގުހެދުން، ލިބާސް އަދި ސަގާފީ ކުރުހެދުންބުރިއާއި މާވަށު ސްކޫލް ޔުނިފޯމް ފަހާނެ ގޮތްވެސް ދަސްކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ. އޭގެ އިތުރުން، ބޮކްސް ރޫ (Box pleat) ހިމެނޭހެން ތަފާތު ރީތި ސްކާޓްތަކާއި، ފިރިހެން ގަމީހާއި ކުރްތާ އަދި ފަޓުލޫނު ގޮތަށް ފަހާ ސޯޓު ފަހާނެ ގޮތްވެސް މި ކޯހުގެ ތެރެއިން ދަސްވެގެންދާނެއެވެ. ހަމައެއާއެކު ކައިވެނީގެ ހެދުންތަކުގެ ތަފާތު ފަރުމާ (Pattern) ތައް ކިޔައިދިނުމުގެ އިތުރުން، ޚާއްޞަ ހުނަރުތަކުގެ ތެރޭގައި ހިމެނޭ ޓައި ޑައި (Tie-Dye) ނުވަތަ ފޮތީގައި ކުލަޖެއްސުމާއި، ފޮތްޗާއި ރިބަން ބޭނުންކޮށްގެން މާ ހަދަން ދަސްކޮށްދިނުންވެސް މި ކޯހުގައި ހިމެނެއެވެ. މި ކޯހުގައި ބައިވެރިވި ކަނބަލުންނަށް ލުއިފަސޭހަތަކެއް އ.ތ.މ ކޮމެޓީން ވަނީ ހަމަޖައްސައިދީފައެވެ. އެގޮތުން މާވަށު އ.ތ.މ ކޮމެޓީގެ ފަރާތުން ކޮންމެ ބައިވެރިޔަކަށް 500 (ފައްސަތޭކަ) ރުފިޔާ ޚަރަދުކޮށްދިނުމަށް ހަމަޖެހިފައިވާއިރު، ފަހާފޮށި ފިޔަވައި ކޯހަށް ބޭނުންވާ ހުރިހާ ތަކެއްޗެއް ކޯސް ހިންގާ ފަރާތުން ހިލޭ ފޯރުކޮށްދޭނެއެވެ. މަދުވެގެން 15 ބައިވެރިންނާއެކު ހިންގުމަށް ނިންމި މި ކޯހަށް މާވަށު ކަނބަލުންގެ ފަރާތުން ބޮޑު ތަރުޙީބެއް ލިބި، 23 ބައިވެރިންނާއެކު ކޯހުގެ މަސައްކަތްތައް މިހާރު ދަނީ ބާރަށް ކުރިއަށެވެ.
ކުޑަކުދިންގެ ޕާކު މާރާމާތުކުރުން
🗓️ ފެށިތާރީޚް: 12 ޖެނުއަރީ 2024.
🗓️ނިމޭނެ ކަމަށް ލަފާކުރަނީ: 13 ޑިސެންބަރު 2025.
⏳ މުއްދަތު: 55 ދުވަސް.
💰 އަގު: 30000 ރުފިޔާ.
% ނިމުނު އިންސައްތަ: %55
ހުކުރު މިސްކިތް ތަބުތައްނަގާ އަލުން ހިޔާކުރުން
🗓️ ފެށިތާރީޚް: 30 ޖުލައި 2026. 🗓️ނިމޭނެ ކަމަށް ލަފާކުރަނީ: 30 ސެޕްޓެންބަރު 2026. ⏳ މުއްދަތު: 24 ދުވަސް. 💰 އަގު: ނެތް. % ނިމުނު އިންސައްތަ: %85
ކައުންސިލާއި އ.ތމ ކޮމެޓީގެ ދަރުސް ޕްރޮގްރާމް
މާވަށު ކައުންސިލާއި މާވަށު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީން، ޖަމްޢިއްޔަތުއް ސަލަފާއި ގުޅިގެން އަދި ރަށުގެ އެންމެހައި މުއައްސަސާތަކާއި ބައެއް ޖަމްޢިއްޔާތަކުގެ އެހީތެރިކަމާއެކު، ފާއިތުވި ހަފްތާ ބަންދުގައި ބޭއްވުނު ދަރުސް ޕްރޮގްރާމް ވަނީ ކާމިޔާބުކަމާއެކު ނިންމާލެވިފައެވެ. މި ޕްރޮގްރާމްގައި ދަރުސް ދެއްވާފައިވަނީ އައްޝައިޚް ޢަބްދުއްސަލާމް ދާއޫދެވެ.
ބިންހިއްކުން
🗓️ ފެށިތާރީޚް: 12 ޖެނުއަރީ 2024.
🗓️ނިމޭނެ ކަމަށް ލަފާކުރަނީ: 13 ޑިސެންބަރު 2025.
⏳ މުއްދަތު: 55 ދުވަސް.
💰 އަގު: 30000 ރުފިޔާ.
މާވަށް – ހައްދުންމަތީގެ ހިތް
ނޯޓް: މި ލިޔުމަކީ މާވަށު ކައުންސިލްގެ ބޭނުމަކަށް މާވަށާ ބެހޭގޮތުން މީގެ 20 އަހަރު ކުރިން އަލްފާޟިލް އަބްދުލްއަޒީޒް ޖަމާލް އަބޫބަކުރު ލިޔުއްވާފައިވާ ލިޔުމެކެވެ. މި ލިޔުން މިހާރު ގެނެސްދީފައި މިވަނީ “ފަރަގު.އެމްވީ” ގައި މިހާރު ޝާއިޢުކޮށްފައިވާ ގޮތަށެވެ. ހައްދުންމަތީ މާވަށަކީ އެ އަތޮޅު ހުޅަނގު ދުނީގައި، މީހުން އުޅޭ އެހެން ރަށްރަށާ އެ ކަހެރިކޮށް އޮންނަ ރަށެކެވެ. މި ރަށް އޮންނަނީ ހުޅަނގުދެކުނު ދުނީގެ އެންމެ ހުޅަނގުއުތުރު ކޮޅުގައެވެ. މި ރަށަށް މާވަށޭ ކިޔަނީ މަލެއްގެ ސިފައިގައި ތިން މުއްޔަކަށް އޮންނާތީކަމަށް ވެސް ކިޔައި އުޅެއެވެ. ނުވަތަ ރަށުގެ ކޮންމެ ފަރާތަކުން ދަތުރުކުރިޔަސް އަބަދު އެއް ދިގުމިނެއްގައި ފެންނާތީ، އިހުގެ ދަތުރުވެރީންނަށް މިއީ ހަގީގަތުގައި ވެސް ވަށްކޮށް އޮންނަ ރަށެއްކަމަށް ޤަބޫލުކުރެވިގެން ކިޔައިފައި އޮތް ނަމަކަށް ވެދާނެއެވެ. ނަމަވެސް ދިރާސާކުރާ ފަރާތްތަކުން ބުނާ ގޮތުގައި މާވަށަށް “މާވަށް” މި ނަން ކިޔުނީ އެ ރަށުގައި ކަނޑޫ ފަލެއް އޮންނާތީއެވެ. މާވަށް މި ނަމުގެ މާނައެއްކަމަށް ދިރާސާކުރާކުރައްވާ ބޭފުޅުން ވިދާޅުވަނީ “ކަނޑޫފާ އޮންނަ ރަށް”ކަމުގައެވެ. ރަށްރަށަށް ނަންކިޔައިފައި ހުންނަނީ އެ ރަށަށް ލިބިފައިވާ ޚާއްޞިއްޔަތަކަށް ނުވަތަ ސިފައަކަށް ނުވަތަ އޮންނަ ތަނަކަށް ނިސްބަތްކޮށްކަމަށް ގަބޫލުކުރެވެއެވެ. އެހެންކަމަށް ވާއިރު، ކަނޑޫފާ ޚާއްޞަވީ ކީއްވެގެންތޯ ބަޔަކު ސުވާލުކޮށްފާނެއެވެ. މާވަށަށް ކަނޑޫފާ ޚާއްޞަވާ ވަރަށް މުހިންމު ސަބަބެއް އެބަ އޮތެވެ. އާންމު ގޮތެއްގައި ކަނޑޫފަލަކީ ރާއްޖޭގެ އުތުރުގެ އަތޮޅުތަކުގައި ހުންނަ ތަންތަނެވެ. އެހެންކަމުން ދެކުނުގެ އަތޮޅެއްގައި ކަނޑޫފަލެއް އޮތުމަކީ ޚާއްސަ ކަމެކެވެ. އަދި ހައްދުންމަތީ ބައެއް ރަށްރަށުގައި ކުޅިތައް ހުއްޓަސް އެ ރަށްރަށުގައި ހުންނަނީ ރަނޑުލެވެ. މާވަށުގައި އޮތް ކަނޑޫފަލުގައި ރަނޑުލެއް ނުހުރެއެވެ. ހުންނަނީ ކަނޑުލެވެ. ކަނޑުލަކީ ކެއުމަށް ބޭނުންކުރާ އެއްޗަކަށް ވިޔަސް ރަނޑުލަކީ ކައިބޮއި ހަދާ ބާވަތެއް ނޫނެވެ. ވީމާ، ހައްދުންމަތީ ރަށެއްގައި ކަނޑޫފަލެއް އޮތުމަކީ ޚާއްޞަ ކަމަކަށް ވަނީއެވެ. މާވަށް މި ލަފުޒުގެ އަސްލަކީ “މާވަޓާ”ކަމަށް ލަފާކުރެވެއެވެ. ހުވަދު އަތޮޅު ބައެއް ރަށްރަށުގައި ކަނޑުލުގެ ބާވަތަކަށް “މާވަޓާ”ކިޔާކަމަށް ދިވެހިބަހުގެ އެކެޑަމީގެ ކުރީގެ ރައީސް އަޝްރަފް ޢަލީ ވިދާޅުވެފައިވެއެވެ. ހުވަދު އަތޮޅު ބައެއް މީހުން މާވަށު މީހުންނާ މުޚާޠަބުކޮށް “މީބޫ މާވަޓާ މީހެކޭ” (މިއީ މާވަށު މީހެކޭ) ބުނެ އުޅެއެވެ. ހުވަދޫ ބަހުރުވައިގައި (ގިނަ ރަށްރަށުގައި) ށަވިޔަނި ޓަވިޔަންޏަށް ބަދަލުވުމަކީ އެ ބަހުގެ ޚާއްޞިއްޔަތެކެވެ. އެހެންވީމާ މާވަށަށް އެ ނަން ކިޔުނީ ކަނޑޫފަލަ ގުޅިގެންކަމަށް ވަރަށް ބޮޑަށް ގަބޫލުކުރެވެއެވެ. ދިރާސާތަކުން ދައްކާނީ އެ ގޮތަށެވެ. މާވަށް އޮންނަ ދުނީގައި މާވަށުގެ އުތުރުން އޮންނަނީ މާވަށް ކަނޑެވެ. ވަރަށް ހަނި އަދި ގުދުކޮށް އޮންނަ ކަނޑުއޮޅިއެކެވެ. ކަނޑު އޮޅީގެ އިރުއުތުރުން މާވަށާ ވަރަށް ކައިރީގައި ވަރަށް ރީތި ފަޅުރަށްތަކެއް އެބަ ހުއްޓެވެ. ގުރައިދުއާއި ކަށިދުއާއި ހަންހުށި މިއީ ފާހަގަކޮށްލެވޭ ފަދަ ރީތި ރަށްތަކެކެވެ. މާވަށް އޮންނަ ދުނީގެ ދެކުނަށް ވީ ފަޅީގައި ވަރަށް ގިނަ ފަޅުރަށްތައް އެބަ ހުއްޓެވެ. މި ދުނީގައި މާވަށް އޮންނަ ކޮޅު ނޫން އަނެއް ކޮޅުގައި (އެ ފަޅުގައި އެންމެ ދުރުގައި) އޮންނަނީ ހިތަދުވެވެ. ހިތަދުވާއި މާވަށާ ދެމެދުގެ ދުރުމިނަކީ 10.5 ނޯޓިކަލް މޭލެވެ. ހިތަދޫގެ ހުޅަގުން އޮންނަ، މީހުން އުޅޭ ރަށަކީ ކުނަހަންދޫ ކިޔާ ރަށެކެއެވެ. ކުނަހަންދުވާއި މާވަށާ ދެމެދުގެ ދުރުމިނަކީ 10 ނޯޓިކަލް މޭލެވެ. އެއީ ވެސް ހަމަ އެ ފަޅުގައި (އެ ދުނީގައި) އޮންނަ ރަށެކެވެ. މާވަށް އޮންނަ ސަރަހައްދަކީ ފަޅު ވެސް ވަރަށް ފުޅާ ސަރަހައްދެކެވެ. މި ސަރަހައްދުގައި އެކަނި ވެސް އެތައް ލައްކަ ބަޔަކަށް ދިރިއުޅެވޭ ވަރުގެ ބިން ވަރަށް ފަސޭހަކަމާއެކު ހިއްކައިލެވިދާނެއެވެ. އެ ފަޅު އެހާ ވެސް ތިލައެވެ. ބޮޑެވެ. މާވަށް އޮތީ އުތުރު ޢަރުޟުން ގާތްގަނޑަކަށް ’53.º01އާއި ’50.º01އާއި އިރުމަތީ ޠޫލުން ގާތްގަނޑަކަށް ’15.º73އާއި ’13.º73އާ ދެމެދުގައެވެ. ރަށުގެ ވަށައިގެން ވަރަށް ބޮޑު ތިލަ ފަޅު އޮންނަ މި ރަށުގެ ދިގުމިނަކީ ގާތްގަނޑަކަށް 1000 މީޓަރެވެ. ފުޅާ މިނަކީ 800 މީޓަރެވެ. މި ރަށުގެ އާބާދީއަކީ (2023 ފެބްރުއަރީގައި) 2030އެވެ. މިއީ މިހާރު އަތޮޅުގައި ތިންވަނައަށް އެންމެ ބޮޑު އާބާދީއެވެ. މާވަށާ އެންމެ ކައިރީގައި އޮންނަ، މީހުން އުޅޭ ރަށަކީ މާމެންދޫއެވެ. މި ދެ ރަށުގެ ދުރުމިނަކީ 9.5 ނޯޓިކަލް މޭލެވެ. މާވަށާ އެންމެ ދުރު ރަށަކީ އިސްދޫއެވެ. އިސްދުވާއި މާވަށާ ދެމެދު 25 ނޯޓިކަލް މޭލު ހުރެއެވެ. ރާއްޖޭގެ ވެރިކަންކުރާ ރަށް މާލެއާއި މާވަށާ ދެމެދުގެ ދުރުމިނަކީ 137 ނޯޓިކަލް މޭލެވެ. މޮރަސްބީގެ ޗާޓުގައި ފާހަގަކޮށްފައިވާ ގޮތުން މާވަށަކީ ފެން ހެޔޮ މަދިރި ނޫޅޭ (No mosquito, Good water) ރަށެކެވެ. ދާދި ފަހަކާ ޖެހެންދެން ވެސް، ހަގީގަތުގައި މާވަށަކު މަދިރިއެއް ނޫޅޭއެވެ. ނަމަވެސް ރާއްޖޭގެ އެހެން ރަށްރަށެކޭ އެއް ފަދައިން މި ރަށުގައި މިހާރު ހިސާބަކަށް މަދިރިއުޅެއެވެ. ނަމަވެސް އަދިވެސް ޢާންމު ގޮތެއްގައި ރަށުގެ ފެން ރަނގަޅެވެ. މާވަށަކީ އިހުޒަމާނުއްސުރެ މެހުމާނުން ހައްދުންމަތީގެ “ހިތް”ކަމަށް ބަލައިއުޅުނު ރަށެވެ. އަތޮޅުގެ އިރުމަތީ ބިތުގެ ރަށްރަށުގެ މީހުން ކާބޯތަކެތި ހޯދުމަށާއި އެހެނިހެން ބޭނުންތަކަށް މި ރަށަށް ވަރަށް ގިނައިން އައިސް އުޅެއެވެ. ހައްދުންމަތީގައި އެއަރޕޯޓާއި މި ނޫނަސް އެހެނިހެން ބިނާރުތައް އަތޮޅުގެ އިރުމަތީ ބިތުގައި ގާއިމުކުރެވެންދެން ވަރަށް ގިނަ ރަށްރަށުގެ މީހުން ދިރިއުޅުމަށް ޓަކައި އާމްދަނީ ހޯދާ ރަށެއްކަމަށް މާވަށް ބަލައި އުޅުނެވެ. މިއަދުގެ ޖީލަށް މި ކަން އެނގިފައި ނެތަސް އަދި ގަބޫލުކުރާން ފަސޭހަ ނުވިޔަސް މިއީ ހަގީގަތެކެވެ. މާވަށު މީހުން ދިރިއުޅުމަށް ޓަކައި ޒަމާނުއްސުރެ ކުރާ މައިގަނޑު މަސައްކަތަކީ މަސްވެރިކަމެވެ. އަދި ދަނޑުވެރިކަމަކީ ވެސް ފުޅާ ދާއިރާއެއްގައި އެ މީހުން ކޮށް އުޅުނު މަސައްކަތެކެވެ. މާވަށާއި މާވަށް ފަޅު ތެރޭގައި އަދި މާވަށާ ކައިރި ފަޅުރަށްރަށުގައި ބިންބިއާއި ކުދިމަތާއި ދޮނޮޅައާއި ޒުވާރި ފަދަ ގޮވާމުގެ ބާވަތްތައް ވަރަށް ފުޅާ ދާއިރާއެއްގައި، ބޮޑެތި ދަނޑުތަކުގައި ހައްދައި ކޮށާރުތަކުގައި ޖަމާކޮށްފައި އަބަދު ވެސް އޭރު ހުރެއެވެ. މީހުން ގިނަވެ ބިން ފުރެމުން ދިޔުމުގެ ސަބަބުންނާއި ޒަމާނަށް އައި ބަދަލުގެ ސަބަބުން ކުރީން ކޮށް އުޅުނު ދަނޑުގޮވާމުގެ މަސައްކަތް ހުއްޓިފައިވީ ނަމަވެސް މިއަދު ވެސް ތަފާތު ބާވަތްބާވަތުގެ ތަރުކާރީއާއި މޭވާ ހައްދައި އުޅެއެވެ. މާވަށަކީ އަނބުގަސް ގިނަ ހިޔާ ބޮޑު ރަށެކެވެ. އަދި ހުރިހައި ބާވަތެއްގެ ވަޑާމާއި ޢިމާރާތްކުރުމުގެ މަސައްކަތަކީ ވެސް އާމްދަނީ ހޯދުމަށް ޓަކައި މި ރަށު މީހުން ކޮށް އުޅޭ މަސައްކަތްތަކެވެ. މި ޒަމާނުގެ މަސައްކަތްތަކަށް ބަލާ އިރު ވެސް ވެލްޑިންގކުރުމާއި ފައިބަރުގެ މަސައްކަތުގެ މާހިރުން މިއަދު ވެސް މާވަށުގައި އެބަ ތިއްބެވިއެވެ. ފަތުރުވެރިކަމުގެ ދާއިރާގައި ވެސް މި ރަށުގެ ވަރަށް ގިނަ ޒުވާނުން އެކި ދާއިރާގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޙަރަކާތްތެރިވަމުން އެބަ ގެންދެއެވެ. އެންމެ އިހު ޒަމާނުއްސުރެ މީހުން ރީތިކަމުގެ ގޮތުން، ޚާއްޞަކޮށް އަންހެން ކުދީންގެ ރީތިކަމުގެ ގޮތުން، މާވަށް ވަރަށް ބޮޑަށް މަޝްހޫރުވެފައި ވެއެވެ. އަދި މި ރަށަކީ ސާފުތާހިރުކަމުގެ ގޮތުންނާއި މެހުމާނުދާރީ އަދާކުރުމުގެ މިސާލެއްކަމަށް ވެސް މާވަށަށް ޒިޔާރަތްކުރާ ވަރަށް ގިނަ މެހުމާނުން އަޅުގަނޑު ގާތު ބުނެ އުޅެއެވެ. މަސައްކަތްތެރިކަމުގެ ގޮތުން ވެސް މާވަށަކީ މަޝްހޫރުވެފައިވާ ރަށެކެވެ. ހުރިހާ ބާވަތެއްގެ މަސައްކަތްތެރިކަމާއި އަތު މަސައްކަތަކީ މި ރަށުގެ މީހުންގެ ޚާއްޞަ ފަންނެކެވެ. އަދި މި ރަށު މީހުންނަކީ އަތުލިޔުމުގެ ފަންނުގައި ޚާއްޞަ ބަޔެކެވެ. އާންމު ގޮތެއްގައި ގިނަ މީހުން ރީތިކޮށް ޢަރަބި ތާނަ ލިޔެ އުޅެއެވެ. މިއަދު ވެސް ރާއްޖޭގެ އެންމެ މަޝްހޫރު އަތުލިޔުންތެރީންގެ ތެރޭގައި މި ރަށު މީހުން ހިމެނެއެވެ. ރާއްޖެއަށް ކޮންޕިޔުޓަރު ތަޢާރަފުވުމުގެ ކުރީން މި ފަދަ އަތުލިޔުންތެރީން މާލޭގައި ޗާފުކޮށްގެން ނެރުނު ނޫސްތަކަށް ޗާޕަށް ލިޔުމުގެ މަސައްކަތުގައި ގިނަ ދުވަސްތަކަކަށް ޚިދުމަތްކުރިއެވެ. ތަޢުލީމީ ގޮތުން ބެއްޔަސް މާވަށަކީ އަބަދު ވެސް ހައްދުންމަތީގައި ފާހަގަކޮށްލެވޭ ރަށެކެވެ. މި އަތޮޅުގައި އެންމެ ގިނަ ދުވަސްވީ މަދަރުސާ ހުރީ ވެސް މި ރަށުގައެވެ. އަދި މިހާރު މި ސްކޫލުގައި މަތީ ސާނަވީ ތަޢުލީމު ދެމުން ގެންދެއެވެ. ތަފާތު ދާއިރާތަކުން މަތީތަޢުލީމު ޙާޞިލުކޮށްފައިވާ ޢިލްމުވެރީން މިއަދު ވެސް މި ރަށުގެ ދަރީންގެ ތެރޭގައި ހިމެނެއެވެ. އަދި މީގެ އިތުރަށް ބަސްމޮށުންތެރިކަމަކީ ވެސް މާވަށު މީހުންގެ ޚާއްޞަ ފަންނެކެވެ. އަދި ބަހަށް ކުޅަދާނަ ބަސްވާރުން މި ރަށަށް ނިސްބަތްވާކަން އެއީ މި ދެންނެވި ބަހުގެ ހެތްކެކެވެ. ދިވެހިބަހަށް ޚިދުމަތްކުރުމުގެ ގޮތުން ޢާންމު ޚިދުމަތުގެ ގައުމީ އިނާމާއި ދިވެހިބަހާއި އަދަބިއްޔާތުގެ ދާއިރާއިން ޝަރަފުވެރިކަމުގެ ޤައުމީ އިނާމު ލިބިވަޑައިގެންފައިވާ ބޭފުޅުން ވެސް މާވަށު ރައްޔިތުންގެ ތެރޭގައި ހިމެނޭކަމީ މި ކަމަށް އިތުރަށް ދަލީލު ލިބޭ ކަމެކެވެ. އަދި ގައުމީ އަދަބީ މުބާރާތްތަކުން އެއް ވަނަ ހާސިލުކޮށްފައިވާ ފަންނުވެރި ރައްޔިތުން މި ރަށުގެ ރައްޔިތުންގެ ތެރޭގައި އެބަ ހިމެނިވަޑައިގަންނަވައެވެ. ދީނީ ރޮނގުން ތަޢުލީމު ޙާޞިލުކުރައްވައިގެން ތިއްބެވި ޝައިޚުން ވެސް މި ރަށު ރައްޔިތުންގެ ތެރޭގައި އެބަ ތިއްބެވިއެވެ. ގިނަ ޢަދަދެއްގެ ގާނޫނީ ވަކީލުން ވެސް މި ރަށުގެ ރަޖިސްޓަރީގައި އެބަ ތިއްބެވިއެވެ. މާވަށު އެތެރޭ ބަނދަރާއި ބޭރު ބަނދަރަކީ ވެސް އާދަޔާ ޚިލާފަށް މަޑު ބަނދަރެކެވެ. އާދަޔާ ޚިލާފަށް ވިއްސާރަކުރާން ފަށައިފި ނަމަ، އަތޮޅުގެ އެހެން ސަރަހައްދުތަކުގައި ހުންނަ މަސްކިރާ ބޮޑެތި ބޯޓުފަހަރު މާވަށާ ދިމާއަށް މިސްރާބު ޖަހަނީ އެހެންވެގެންނެވެ. ކޮންމެ ދިމާއަކުން ވައިޖެހުނަސް މާވަށު ބަނދަރެއް ގަދައެއް ނުވާނެއެވެ. މާވަށުގައި ރަނގަޅު ފެންވަރުގެ ބޯހިޔާވަހިކަމާއި ގިނަ ކެފޭތަކާއި ރެސްޓޯރަންޓްތައް ވެސް މިހާރު ހުރެއެވެ. ކޮންމެއަކަސް މާވަށަކީ ހުރިހާ ގޮތަކުންވެސް ހައްދުންމަތީގައި މަގުބޫލުކަން ލިބިފައިވާ އަދި އެ ރަށަށް ޒިޔާރަތްކުރާ މީހުން ވަރަށް ލޯބިވާ ޚާއްޞަ ރަށެކެވެ. ކަނޑުމަގުން ދަތުރުކުރާ ނަމަ، މާލެއިން ފުރައިގެން ހަތަރު ވަރަކަށް ގަޑިއިރުން ދަތުރުކުރާ ލާންޗު ފެރީގައި ދަތުރުކުރެވެއެވެ. ވައިގެ މަގުން ނަމަ، ކައްދޫ އިސްކަންދަރު ވައިގެ ބަނދަރަށް 35 މިނިޓުން ނުވަތަ 45 މިނިޓުން އައުމަށް ފަހު، އާދައިގެ ފެރީގައި ނުވަތަ ލާންޗު ފެރީގައި މާވަށަށް ދަތުރުކުރެވެއެވެ. ލާންޗުގައި ގިނަވެގެން 45 މިނިޓްގެ ތެރޭގައި މަވަށާ ހަމައަށް ފޯރައެވެ.