އައިޑީ ކާޑުގެ މުއްދަތު ހަމަވުމަވުމުގެ ސަބަބުން ނުވަތަ އައިޑީ ކާޑު ގެއްލިފައިވުމުގެ ސަބަބުން ކައުންސިލުން ދޫކުރާ ލިޔުން ހޯއްދެވުމަށް އެދި ތިރީގައިވާ ފޯމު މެދުވެރިކޮށް ހުށަހެޅުއްވުން އެދެމެވެ. ފޯމު ހުށަހެޅުއްވުމަށްފަހު، ރަސްމީ 3 (ތިނެއް) ދުވަހުގެ ތެރޭގައި ލިޔުން ތައްޔާރުކުރެވޭނެއެވެ. ލިޔުން ތައްޔާރުވުމުން، ފޯމުގައި ދެއްވާފައިވާ މޯބައިލް ނަންބަރަށް ގުޅައި އެކަން އަންގައިދެވޭނެއެވެ.
ލިޔުން ހޯއްދެވުމަށް އެދިލެއްވި ފަރާތް ނޫން އެހެން ފަރާތަކުން ލިޔުން ބޭނުންވާނަމަ، އެކަމަށް އެދި ލިޔުމަށް އެދުނު ފަރާތުގެ ސިޓީއަކާއެކު ހުށަހަޅަންވާނެއެވެ..
ލިޔުން ދޫކުރެވޭނީ ރަސްމީ ގަޑީގައި ކައުންސިލްގެ އިދާރާއިންނެވެ. ލިޔުމާ ހަވާލުވުމަށް ވަޑައިގަންނަވާއިރު، ލިޔުމަށް އެދުނު ފަރާތުގެ ނުވަތަ ބެލެނިވެރިޔާގެ އައިޑީ ކާޑު ގެންނަވަން ޖެހޭނެ ވާހަކަ ދަންނަވަމެވެ.
އަދި ތިރީގައިވާ ފޯމުގައި ހިމެނޭ ހުރިހާ މަޢުލޫމާތެއް ފުރިހަމަކުރެއްވުމަށް އިލްތިމާސްކުރަމެވެ. މައުލޫމާތު ފުރިހަމަ ނުވާނަމަ ފޯމް ބަލައި ނުގަނެވޭނެ ވާހަކަ ދަންނަވަމެވެ، ފޯމް އަޅުގަނޑުމެންނަށް ލިބުނުކަން ފޯމް ސަބްމިޓްކުރެއްވުމުން އެނގިލަށްވާނެއެވެ.
ބެސްޓް ފެސިލިޓީސް
ލޮރެމް އިޕްސަމްގެ ގިނަ ބަޔަކު މެޖޯރިޓީއަށް ކުރިމަތިވެފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.
ގަވަރމެންޓް ސޮލިޔުޝަން
ލޮރެމް އިޕްސަމްގެ ގިނަ ބަޔަކު މެޖޯރިޓީއަށް ކުރިމަތިވެފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.
އޮންލައިންކޮށް ޚިދުމަތަށް ހުށަހެޅުމުގައި ސަމާލުވާންވީ ނުކުތާތައް:
ރައްޔިތުންނަށް ފަސޭހައިން ޚިދުމަތް ދިނުމަށް ޓަކައި މާވަށު ކައުންސިލުން ތައްޔާރުކޮށްފައިވާ މި ޕްލެޓްފޯމް ބޭނުން ކުރެއްވުމުގައި ތިރީގައިވާ ނުކުތާތަކަށް ސަމާލުވުން އެދެމެވެ.
- ޚިދުމަތަށް އެދޭންވާނީ ޚިދުމަތްކޮންމެހެން ބޭނުންވާނަމައެވެ.
- ފޯމްގައިވާ ހުރިހާ މައުލޫމާތު ފުރިހަމަ ކުރަންވާނެއެވެ.
- ކޮންމެ ވަގުތަކުވެސް ކިދުމަތްތަކަށް އެދުމުގެ ފުރުޞަތު އޮންނާނެ އެވެ.
- ކުރިޔެކޭ އެއްގޮތަށް މިހާރުވެސް ކައުންސިލަށް ވަޑައިގަތުމުންވެސް ލިބިވަޑައިގަންނަވާނެއެވެ.