މާވަށުގައި ކަރަންޓު ލުމުގެ މަސައްކަތް ކުރެވިފައިވާ ގޮތް
މާވަށުގައި ކަރަންޓު ލުމުގެ މަސައްކަތް އެންމެ ފުރަތަމަ ފަށާފައިވަނީ 2 މެއި 1989 ގައި މާވަށުގައި އުފެދިފައިވާ ޒުވާނުންގެ ޖަމްޢިއްޔާގެ ފަރާތުންނެވެ. މިގޮތުން އެޖަމްޢިއްޔާއިން ކޮށްފައިވާ މަސައްކަތް ތަކުގެ ތެރޭގައި ރަށުގައި ތަފާތު މަސައްކަތް ކޮށްދީގެން ފައިސާ ހޯދުމާ މަހަށް ގޮސްގެންނާއި ހޮޓާހިންގުމާއި އަދި މީގެ އިތުރުން މިސްކިތް އިމާރާތް ކުރުމުގެ މަސައްކަތް ހިމެނެއެވެ.
ޒުވާނުންގެ ޖަމްޢިއްޔާގެ އިތުރަށް މާވަށު ރައްޔިތުން މިމަސައްކަތް ފެށީ 20 ނޮވެމްބަރ 1992 ގައެވެ. ރައްޔިތުން ކުރި މަސައްކަތްތަކުގެ ތެރޭގައި މަހައްދިއުމާއި މިސްކިތުގެ މަސައްކަތް ކުރުން އަދި ރަށު ތެރޭގައި ތަފާތު މަސައްކަތްކުރުން ހިމެނެއެވެ.
މިގޮތުން ކުރިމަސައްކަތްތަކުން ސަރުކާރުގެ އެހީއާއެކު ލިބުނު 45 ކިލޯގެ ޖަނަރޭޓަރުން 1 މާޗް 1996 އިން ފެށިގެން އާއްމުކޮށް ކަރަންޓު ދޫކުރަން ފެށުނެވެ. ރަށުގެ އެކި ގޭގެއަށް ކަރަންޓު ފޯރުކޮށްދިނުމަށްޓަކައި ވަޅުލާފައިވާ ކޭބަލްތައް ވަޅުލާފައިވަނީ އެކަމުގެ ތަޖުރިބާ ލިބިފައިހުރި ބޭފުޅެއްކަމުގައިވާ ޢަބްދުއްލަޠީފުގެ އިރުޝާދުގެ ދަށުން މާވަށު ރައްޔިތުންނެވެ. މަގުމަތީގައި ބެހެއްޓިފައިހުރި ޑިސްޓްރިބިއުސަން ފޮށިތަކުގައި ސާކިޓު ހަރުކުރުމުގެ މަސައްކަތް ކުރެއްވީވެސް ޢަބްދުއްލަޠީފެވެ. އިންޖީނުގޭގައި ބެހެއްޓިފައިހުރި މައިބޯޑު ހަދާ އެޅުވުމުގެ މަސައްކަތް ކުރެއްވީވެސް އިލެކްޓްރިކްގެ މަސައްކަތް ކުރައްވާ ބޭފުޅެއް ކަމުގައިވާ މ.މަތީރެސް ގުރައިޝުއް ޝާފިޢީ އެވެ.
ކަރަންޓުގެ ޚިދުމަތަށް އެއް އަހަރު ފުރުނުއިރު 56 ކިލޯވޯޓުގެ ޖަނަރޭޓަރެއް ރައްޔިތުން ހޯދިއެވެ. މި ޖަނަރޭޓަރުން އާއްމުކޮށް ކަރަންޓު ދޫކުރަން ފެށުނީ 4 ޖެނުއަރީ 1998 ވީ އާދީއްތަ ދުވަހުއެވެ. މިޖަނަރޭޓަރުވެސް މައިބޯޑަށް ގުޅައި ރަށަށް ކަރަންޓު ދޫކުރުމުގެ މަސައްކަތް ކުރެއްވީ މ.މަތީރެސް ގުރައިޝުއް ޝާފިޢީ އެވެ.
ފުރަތަމަ ބޭނުން ކުރަން ފެށި ޖަނަރޭތަރު ތަކުގެ މަޢުލޫމާތު
